ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެޗްޕީއޭ ސިޔާސީ ވެއްޖެ: އާދަމް ޝަރީފް
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ސިޔާސީވެފައިވާކަމުގެ ތުހުމަތު ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރައްވައިފި އެވެ.

ކައުންސިލް އިންތިހާބުގައި ކެމްޕޭނު ކުރެވޭ ގޮތަށް އެޗްޕިއޭގެ ގައިޑްލައިނަށް ގެނައި އިސްލާހަކީ މީހުން ބަލައިގަންނަށް ބަދަލަކަށް ނުވިކަމަށާއި އެޗްޕީއޭ ސިޔާސީ ވެއްޖެ ކަމަށް އާދަމް ޝަރީފްގެ ޓްވީޓުގައިވެ އެވެ.

ރ. އަތޮޅު މީދޫ ރައްޔިތުން މޮނީޓަރިން ހާލުގައި އޮތް އެއްވެސް ރަށަކުން، ހާއްސަ ހާލަތުގެ ދަށުން ކެންޕެއިންގެ ހަރަކާތްތައް ހިންގުމަށް އެރަށަށް އައުމާއި ދެކޮޅުކަމަށް ބުނެ ފެސްބުކް ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއް ހިއްސާކުރައްވާ، ކުރުއްވި ޓުވީޓްގައި އާދަމް ޝަރީފް ވިދާޅުވީ ރައްކާތެރި ކަމަށް ރައްޔިތުން\ގެ ނިންމުން ރަނގަޅު ކަމަށާއި އެވިސްނުމަށް އިހްރިތާމް ކުރައްވާ ކަމަށާއި ކޮވިޑްގެ ސަބަބުން ދާއިރާއަށް ނުދެވޭތީ ހިތާމަ ކުރާކަމަށެވެ. 

ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން، ކަރަންޓީނު ނުވެ ކެމްޕޭނު ކުރެވޭގޮތަށް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން އެޗްޕީއޭއިން ނެރުނު އުސޫލަށް ގެނައި އިސްލާހު އުވާލަން ނިންމާފައިވާއިރު އެއާއެކު ވެސް ގިނަ ބަޔަކު އަންނަނީ އެޗްޕީއޭއަށް ފާޑުކިޔަމުންނެވެ. އެގޮތުން އުސޫލުތައް މަޝްވަރާކުރެވިގެން ހެދިފައި ހުރިނަމަ، އުވާލަން ޖެހުނީ ކީއްވެތޯ ސުވާލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް