ads
އެގްޒޯޓިކް ރިސޯޓު
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ޝަރަފުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަޓާ އެވޯޑަކީ މި ސަރަހައްދުގެ ޓްރެވަލް އަދި ހޮސްޕިޓަލިޓީ ދާއިރާ އިން ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އެވޯޑެކެވެ. އަދި މި އެވޯޑަކީ ނޮމިނޭޓްކުރާ ފަރާތްތަކުގެ މެދުގައި ދެ ގޮތަކަށް އިވެލުވޭޓްވެގެން އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅޭ އެވޯޑެކެވެ.

ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި ހިދުމަތް ދޭ ފަރާތްތަކަށް ވާދަކުރެވޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލެވިފަ އެވެ.

52 ކެޓަގަރީ އަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިއިރު ސަޓާއިން އަންނަނީ ވިޒިޓާޒް ޗޮއިސް އެވޯޑްސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ވެސް ދެމުންނެވެ.

ސަޓާ އެވޯޑުގައި މިދިޔަ އަހަރު 500 އަށް ވުރެ ގިނަ ޓްރެވަލް އެންޑް ޓޫރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓުވެފައެވެ. އެގޮތުން ގެސްޓް ހައުސް ދާއިރާ އިން ފާހަގަކޮށްލެވޭ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ ޔޫއައި ހޮޓެލްސް، ޔޫއައި މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަދާރަން ކްލަބް ރަންނާޅި އަދި އޭސް ޓްރެވަލްސް މޯލްޑިވްސް ވަނީ އެކި ކެޓަގަރީތަކުން ނޮމިނޭޓުވެފައެވެ. ޔޫއައި ހޮޓެލްސް އާއި ޔޫއައި މޯލްޑިވްސް ވަނީ ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ. އެގޮތުން އެ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް