އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހދ. ކުރިނބީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފް ނޮދަން އެރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއެކު އެ ލޯންޗު ފެންމަތިކޮށްދީފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އެރިއާ ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 3:59 ހާއިރު ކަމަށާއި އަޑިއަށް ގޮސްފައިވަނީ 20 ފޫޓްގެ ކުޑަ ލޯންޗެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެ ލޯންޗު ފެންމަތި ކުރުމުގައި އެ ރަށުގެ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދިންކަމަށާއި ކޯސްޓްގާޑާއި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ލޯންޗު ފެންމަތި ކުރެވުނީ މިއަދު ހެނދުނު 07:05 ހާއިރު ކަމަށެވެ.