ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކޮށް އަލިރަސްގެފާނު ޝަހީދުވި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރަމުން އަންނަ
މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ޖިހާދުވި ގައުމީ ބަތަލުންގެ ޒިކުރާ އާކުރުމުގެ މަގްސަދުގައި ފާހަގަކުރަމުން އަންނަ ޝަހީދުންގެ ދުވަހާއި ގުޅުވައިގެން މިނިސްޓަރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ތާރީހާއި ސަގާފަތާއި އަމިއްލަވަންތަކަން ދަސްކޮށް ދަމަހައްޓާއި އޭގެ މަތީގައި ސާބިތުވެ ތިބެ އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި ދިވެހި ތާރީހަށް ފަހުރުވެރިވާން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ތާރީހު ދަސްކޮށް، އޭގެ މައްޗަށް ކަންކަން ބިނާކުރަން ޖެހޭ ކަމަށެވެ. އަދި ތަރައްގީ އާއި ތަހުޒީބު އަދި ކުރިއެރުން އަންނައިރު ވެސް ފިލާއި ދާން ނުޖެހޭ ސިފަތަކަކީ އެއީ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ކުރިއަރާއި ދާންޖެހޭނީ އިސްލާމްދީނުގެ ތަރަހައިގެ ތެރެއިންކަން ވެސް ފާހަގަކުރެއްވި އެވެ.
ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނު ޝަހީދުވި ދުވަސް ނަމަވެސް މި ދުވަސް ހާއްސްކޮށްފައި ވަނީ މިނިވަންކަމާއި އިސްލާމްދީނާއި ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކާ މަސައްކަތްކުރުމުގެ ތެރެއިން ޝަހީދުވި ހުރިހާ އެންމެންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.