އެގޮތުން ޕީ.އެޗް.ޑީ، މާސްޓާސް އަދި ޑިގްރީ ފެންވަރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ސްކޮލާސިޕްގެ ދަށުން ވަނީ ހުޅުވާލާފައެވެ.
މި ކޯސްތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓާއި، ސްޓައިޕެންޑް އަދި ހޯސްޓެލްގައި ހުރުމާއި ކެއުމުގެ ހުރިހާކަމެއް ކޯސް އިންތިޒާމު ކުރާ ފަރާތުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.
2021 އަދި 2022ގެ ޓާމްތަކަށް ބެހިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސްތަކަށް އީމެއިލްގެ ޒަރިއްޔާއިން ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މި ކޯސްތަކަށް ސައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ސުންގަޑިއަކީ 30 މާރިޗް 2021އެވެ.
އަދި މި ކޯސްތަކާއި ގުޅޭ އިތުރު މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މި ޓްވީޓްގައި ބުނެފައިވެއެވެ.