ads
މުމްބާއީ އެފްސީ ކުޅުންތެރިން ލީގުގެ ޝީލްޑާ އެކު
އިންޑިއަން ސުޕަ ލީގު ޗެމްޕިއަންކަވެސް މުމްބާއީ އެފްސީއަށް
އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަންކަން މުމްބާއީ ސިޓީ އެފްސީން ހޯދައިފިއެވެ. އިންޑިއަން ސުޕަ ލީގުގެ ލީގު ބުރުގެ ޗެމްޕިއަންކަންވެސް ހޯދީ މުމްބާއީ ސިޓީ އެފްސީންނެވެ.
Advertisement

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުން މުމްބާއީ ސިޓީން ކާމިޔާބު ކުރީ އޭޓީކޭ މޯހަން ބަގާންއާ ވާދަކޮށް ދެ ލަނޑު އެއް ލަނޑުންނެވެ. މި ނަތިޖާގެ ސަބަބުން އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފްގެ ޖާގަ އޭޓީކޭ މޯހަން ބަގާންއަށް ލިބޭނެއެވެ. އެއީ ލީގު ބުރުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގަ މުމްބާއީއަށް ލިބިފައިވާތީއެވެ.

އިންޑިއަން ސުޕަރ ލީގުގެ ލީގު ބުރުގެ ޗެމްޕިއަންކަން މުމްބާއީ އެފްސީން ހޯދީ ވިހި މެޗުން ސާޅީސް ޕޮއިންޓް ހޯދައިގެންނެވެ. ލީގު ބުރުގެވެސް ދެވަނަ މަގާމު ލިބުނީ މޯހަން ބަގާންއަށެވެ.

އިންޑިއަން ސުޕާ ލީގުގެ ކުޅުން ކޮވިޑުގެ ނުރައްކަލާހުރެ މިއަހަރު ކުޅުނީ ގޯއާގައެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ލީގުގެ މެޗުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަހަރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުނީ އިންޑިޔާގެ ގޯއާގެ ތިން ސްޓޭޑިއަމެއްގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ މެޗެއްވެސް ކުޅުނީ އާއްމުކޮށް ސަޕޯޓަރުންނަށް ހުޅުވާނުލައެވެ. އެހެންނަމަވެސް ދުނިޔޭގެ އަށްޑިހަ ދެ ގައުމެއްގައި މުބާރާތް ލައިވްކޮށް ދެއްކިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް