ads
ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ދެމަފިރިންނާއެކު މިނިސްޓަރު މައުސޫމް ---
ރާއްޖެއަށް އަންނަ ފަތުރުވެރިން ތެރޭ ގިނައީ ރިޕީޓް ކަސްޓަމަރުން: މިނިސްޓަރު މައުސޫމް
ރާއްޖެއަށް އަންނަ ފަތުރުވެރިން ތެރޭ ގިނައީ ރިޕީޓް ކަސްޓަމަރުން ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަމުން އަންނަ އައުމުގައި، ތަކުރާކުކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ދައުރު ބޮޑު ކަމަށެވެ.

އެގޮތުން ހުކުރު ދުވަހު ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތް ކުރި ފަތުރުވެރި ދެމަފިރިން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ، މިފަދަ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވަނީ މި ދާއިރާގެ މުވައްޒަފުންގެ މަސައްކަތުން ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން ވަރަށް ގިނަ ފަތުރުވެރިން ދާއިރާގެ ވަކި ވަކި މުވައްޒަފުންނާ "އެޓޭޗް" ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދާއިރާގައި ރިޕީޓް ކަސްޓަމަރުން ގިނައީ މުވައްޒަފުންނާއި އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ. ބައެއް ހާލަތުގައި، ރިސޯޓް، ސަފާރީ ނުވަތަ ގެސްޓް ހައުސްގައި މަސައްކަތް ކުރާ ރޫމްބޯއި، ވެއިޓަރު ނުވަތަ ބަޓްލާ އެހެން ތަނަކަށް ވަޒީފާ ބަދަލުކުރުމުން، މިފަދަ ރިޕީޓް ކަސްޓަމަރުން އެ މުވައްޒަފުން ބަދަލުވާ ތަނަކަށް އެމީހުންގެ ބުކިންގްސް ބަދަލު ކުރާ ކަމަށެވެ.

މީގެ އިތުރުން ގެސްޓްހައުސް ފަދަ ކުދި ތަންތަނަށް އަންނަ ފަތުރުވެރިންނަށް ބަލާއިރު، އެތަންތަނުގައި އެވަރެޖްކޮށް އުޅޭނީ %30 ރިޕީޓް ކަސްޓަމަރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ ބައެއް ކުދި ތަންތާގެ %50 އަކީ ރިޕީޓް ކަސްޓަމަރުންކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މިފަދަ ރިޕީޓް ކަސްޓަމަރުންނަށް ރާއްޖެއަށް ޒިޔާރަތް ކުރުމުގައި އެންމެ ދަތިކަމެއް ދިމާވާއެއް މައްސަލައެއްގެ ގޮތުގައި މިނިސްޓަރު މައުސޫމް ވަނީ ރާއްޖޭގެ ވިސާއެ މައްސަލަ ފާހަގަ ކޮށްފައެވެ. 

އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓު ވިސާ ލިބެނީ ތިން މަހަށްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި އަހަރުގެ އެކި ދުވަސްވަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާއިރު، ބައެއް ފަހަރު ތިން މަސް ދުވަސް ކުޑަ މުއްދަތަކަށް ވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

ހާއްސަކޮށް ކޮވިޑްގެ މިހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، ޗުއްޓީ ބޮޑުތަނުން ކުރު ކުރަން ޖެހޭ ކަން މިނިސްޓަރު ފާޙަގަ ކުރެއްވިއެވެ. އަދި މިކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވިސާގެ ތަފާތު ވައްތަރު ރާއްޖެއަށް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެ. އަދި މިހާރު އޮންނަ ގޮތުން ޓުއަރިސްޓު ވިސާ އެކްސްޓންޑު ކުރެވެން އޮންނަނީ ވަކި ހާއްސަ ހުއްދައެއްގެ ދަށުން ވަކި ހާލަތްތަކެއްގައިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ފަތުރުވެރިންނަށް ގިނަ ދުވަހު ހުރެވޭ ގޮތަށް ވިސާގެ ކަންކަން ހަމަ ޖެއްސުމަށް އިމިގްރޭޝަނާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޓުއަރިޒަމް ބިލަށް ގެންނަ ބަދަލުތަކާއެކު، ތަފާތު ފެނިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ރިޕީޓް ކަސްޓަމަރުންގެ ވާހަކަ ފާހަގަ ކުރެއްވި އިރު، ހުކުރު ދުވަހު ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތް ކުރާ ފަތުރުވެރި ދެމަފިރިއަކަށް މަރުހަބާ ކިއުމަށް މިނިސްޓްރީން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. 

އެގޮތުން އެއާޕޯޓުން މި ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިއުއްވީ މިނިސްޓަރު މައުސޫމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް