ads
ޝެއިހް އިލްޔާސް ހުސައިން | ފޮޓޯ: ޕީއެސްއެމް ނިއުސް
ރައިސް ސޯލިހް ހައްގު މަގުގައި ހުންނަވާނެކަން ޔަގީން: ޝައިޚް އިލިޔާސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހައްޤު މަގުގައި ހުންނަވާނޭކަމުގެ ޔަޤިންކަން އެބައޮތްކަމަށް މައްޝޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހައްޤު މަގުގައި ހުންނަވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ޝައިޚް އިލިޔާސް މިހެން ވިދާޅުވެފައިވަނީ "ލޮބުވެތި ނަބިއްޔާ"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުންނެވެ.

އިލިޔާސް ވިދާޅުވީ އިސްލާމްދީނަށް ނަސްރު ދެއްވައި ދީނުގު ހިމާޔަތުގައި ވަލިއްޔުލް އަމްރު ހުންނަވާނޭކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި، ނައިބް ރައީސްއާއި، ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، ސިފައިންނާއި، ފުލުހުންވެސް ﷲ ގަންދީ ކޮށްގެން ތިއްބެވި ހުވަޔާއި ޚިލާފް ނުވާނޭކަމުގެ އުއްމީދު އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ބަދުބަސް ބުނެ ފުރައްސާރަކުރުމަކީ މި ލޮބުވެތި އުންމަތުގެ ކޮންމެ މުސްލިމެއްގެވެސް ލޭކެކި ޝުއޫރުތައް ބަންޑުންވާނެ ކަމެއް ކަމަށް ޝައިޚް އިލްޔާސް ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ކަމެއް ހައްދުން ނެއްޓި ގައުމުގެ ހަމަޖެހުން ގެއްލޭގޮތަށް ވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"މި ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ އިސްލާމީ ސިޔާދަތު ރައްކާތެރި ކުރައްވާށޭ. މުސްލިމަކު ނޭދެވޭ ކަމެއް ނުކުރާނެ. މުސްލިމުންގެ ބޮލުގައި އިލްޒާމް އަޅުވަން ވެގެން މިތާގައި ހަނގުރާމަ ހިނގާނޭ... އެފަދަ މީހުންނަށް އަޅުގަނޑުމެން އެބަޖެހޭ ޝަޒާ ދޭން. އެމީހުންނާ ދޭތެރޭ ޖެހޭ ފިޔަވަޅު އަޅަން. އެހެންވީމަ އަޅުގަނޑު އެންމެ ލޯބިވާ އެންމެ ގަދަރުކުރާ ދިވެހި ސިފައިންނާ ފުލުހުންނަށް ދަންނަވާލާނީ މި ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުންއަރުވާ ކޮންމެ ބަޔަކާމެދު ފިޔަވަޅު އަޅުއްވާށޭ. ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަންޖެހޭނޭ." އިލްޔާސް ވިދާޅުވި އެވެ.

ޝެއިޚް އިލިޔާސްގެ މި ދަރުސް ބާއްވާފައިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓާ ދެކޮޅަށް ގިނަ ބަޔަކު ޝުއޫރުފާޅުކުރަމުން ދަނިކޮށެވެ. މިރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުން ވެސް މިހާރު ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް