ads
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިން--
އެއްވެސް ވެކްސިނަކާ ގުޅިގެން މީހަކު މަރުވިކަމެއް އަދި ނޭނގޭ: ޑަބްލިއުއެޗްއޯ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮވިޑްގެ އެއްވެސް ވެކްސިނަކާއި ގުޅިގެން މަރުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށާއި މީހުން މަރުވަމުން ދަނީ ކޮވިޑް ވައިރަހުގެ ސަބަބުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ވެކްސިން ދެމުން އަންނަ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވެކްސިން ދިން ބައެއް ފަރާތްތަކަށް ލޭގަނޑުވުމުގެ މައްސަލަތައް ފެންމަތިވެ ވެކްސިން ދިން ބައެއް ފަރާތްތައް މަރުވެފައިވާ ކަމުގެ ތުހުމަތު ކުރެވެމުން އަންނަ މިދަނޑިވަޅުގައި ވެކްސިން އުފައްދާފައިވަނީ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ކަމަށާއި ވެކްސިން ގައުމުތަކަށް ފޮނުވުމުގެ ކުރިން އިންސާނުންނަށް ރައްކާތެރި ވެކްސިނެއްތޯ ބެލުމަށް އެކި ތަހުލީލުތައް ކޮށްފައިވާ ކަމަށާއި އެ ތަހުލީލުތަކުން އެފަދަ ނުރައްކަލެއް ނެތް ކަން ފެންނަ ކަމަށް ޔޫރަޕިއަން ޔޫނިއަން އިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ޔޫރޮޕިއަން މެޑިސިންސް އެޖެންސީން ބުނާ ގޮތުގައި ލޭގަނޑުވުމާއި ވެކްސިނާއި އެއްވެސް ގުޅުމެއް އޮތް ކަމަށް އަދި ބެލެވިފައި ނުވާ ކަމަށާއި އިތުރު ތަހުގީގުކޮށް ގޮތެއް ނިމެންދެން ވެކްސިން ޖެހުން ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. 

ވެކްސިން ދެމުން އަންނަ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވެކްސިން ދިން ބައެއް ފަރާތްތަކަށް ލޭގަނޑުވުމުގެ މައްސަލަތައް ފެންމަތިވެ ވެކްސިން ދިން ބައެއް ފަރާތްތައް މަރުވެފައިވާ ދަަނޑިވަޅެއްގައި އަޔަލޭންޑުން ވެސް ވަނީ ކޮވިޝީލްޑް ވެކްސިން މެދުކަނޑާލަން ގޮވާލާފަ އެވެ. ކެމްބޯޑިއާ، އޮސްޓްރިއާ، ލިތުއޭނިއާ، ޑެންމާކު، ނޯވޭ އަދި އައިސްލޭންޑް އިން ވެސް އޮކްސްފޯޑް ވެކްސިން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ އިރު ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި 335 މިލިއަން ޑޯޒް މިހާތަނަށް ދީފައިވާއިރު ކޮވިޑް-19 ގެ ވަކްސިން އާއި ގުޅިގެން އެއްވެސް ފަރާތެއްގެ މަރު ކަށަވަރެވިފައެއް ނުވެ އެވެ. 

ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުން މިިހާތަނަށް 2.6 މިލިއަން މީހުން މަރުވެފައިވާ ކަމަށާއި ވައިރަސް ފެތުރެމުންދާއިރު މިއަދަދު އިތުރުވުން ގާތް ކަމަށް ވެސް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް