ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ދެމަފިރިއެއްގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިހެން މީހާއަށް ތޫނު އެއްޗަކުން އަނިޔާ ވެފައިވާ މައްސަލަ ފުލުހުންނަށް ހުށެހެޅިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ މެންދުރު 14:00 ހާއިރުކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
އެކަމަކު ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ ފިރިހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ.