ފުލުހުންގެ ބޯޑަށް ހާމިދު އައްޔަންކުރެއްވުމާއި ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ފުލުހުން ގެންގުޅެންޖެހޭ އަހްލާގާއި ސުލޫކާމެދު ބަސްބުނެ ލަފާ ދިނުމަށް މިފަދަ މީހަކު ފުލުހުންގެ ބޯޑަށް އައްޔަންކުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ.
ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ފުލުހުންވަނީ މީގެ ކުރިން ހާމިދު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ މައްސަލާގައި ޔޫރިންދޭން އޭނާވަނީ ދެކޮޅު ހަދާފަ އެވެ.
ހާމިދު ފުލުހުންގެ ބޯޑުގެ އާއްމުންގެ މެންބަރަކަށް އައްޔަންކުރަން ފާސްކޮށްފައި ވަނީ މިއަދުގެ މަޖިލީހުގައި ހާޒިރުވެ ތިއްބެވި 46 މެމްބަރުންގެ ތެރެއިން ފެންނަ ކަމަށް ވޯޓު ދެއްވި 41 މެމްބަރުންގެ ފުރިހަމަ އަގްލަބިއްޔަތުންނެވެ.