
ޕަދުމާވަތުގެ ޕޯސްޓަރެއް-
ނޫހަކަށް ދިން އިންޓަވިއުއެއްގައި އައިޝްވަރިޔާ ބުނީ ދީޕިކާ ލީޑް ރޯލުން ފެނިގެން ދިޔަ ހިޓް ފިލްމު ޕަދުމާތު ވެސް ފުރަތަމަ އެފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހުށަހެޅީ އޭނާ އަށް ކަމަށެވެ. ނަމަވެސް އެ ފިލްމުގެ ލީޑް ފިރިހެން ކެރެކްޓަރެއް ގޮތުގައި ފެންނަ ހިޖްލީގެ ރޯލު ކުޅޭނެ މީހަކު ނުލިބުމުން އޭނާ އެ ފިލްމު ދޫކޮށްލި ކަމަށް ވެސް އައިޝްވަރިޔާ ބުނެއެވެ.
ބާޖީރާއޯ މަސްތާނީގެ ޕޯސްޓަރެއް-
އަދި މަޝްހޫރު ފިލްމު ބާޖީރާއޯ މަސްތާނީ ވެސް އޭނާ އަށް ހުށަހެޅުނު ކަމަށް އައިޝްވަރިޔާ ބުނެއެވެ. އައިޝްވަރިޔާ ބުނީ އެފިލްމަށް ވެސް ވީ ހަމަ ޕަދްމާވަތު އަށް ވީވަރު ކަމަށެވެ. އެ ފިލްމަށް ބާޖީރާއޯ ގެ ރޯލު ކުޅޭނެ މީހަކު އޭރު ނުލިބޭ ކަމަށް އައިޝްވަރިޔާ ބުނެއެވެ.
އައިޝްވަރިޔާ ބުނީ ކޮންމެ ފަހަރަކު ވެސް ސަންޖޭ ސްކްރިޕްޓެއް ހިފައިގެން އައުމުން ފިލްމުގެ ކާސްޓުންނަކީ ކޮން ބައެއްތޯ ބަލާ ކަމަށެވެ. އަދި ފިލްމު ކާސްޓުން ހަމަނުޖެހި ދުވަސް ވުމުން ފިލްމު ދޫކޮށްލާ ކަމަށެވެ.
އައިޝްވަރިޔާ ވަނީ ސަންޖޭ ލީލާ ބަންސާލީއާއެކު ކާމިޔާބު ފިލްމު ތަކެއްގަައި މަސައްކަތް ކޮށްފައެވެ. އެގޮތުން ހަމް ދިލް ދޭ ޗުކޭ ސަނަމްގެ އިތުރުން ފިލްމު ދޭވްދާސް އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކެކެވެ.