ads
ހަރަމްފުޅުގައި ނަމާދުކުރުން--
މި ހާލަތުގައި ގައިދުރުކޮށް ސަފުހެދުން ހުއްދަ: ފަތުވާ މަޖިލިސް
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ގައިދުރުކޮށް ސަފުހަދައި ޖަމާއަތުގައި ނަމާދުކުރުމަކީ ހުއްދަ ކަަމެއް ކަަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފިއެވެ.

މި ކަމާއި ގުޅުގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުން ނެރެފައިވާ ފަތުވާތަކަށް ބިނާކޮށް ރާއްޖޭގެ ފަތުވާދޭ މަޖިލީހުން މި ގޮތަށް ވަނީ ކަނޑައަޅާފައެވެ.

މީސްތަކުންގެ މެދުގައި ހަލުވިކަމާއެކު ކޮވިޑް ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާއަތްތައް ހެދުން ހުއްޓާލުން ސައްހަ ކަމަށާއި ސަބަބަކީ އިސްލާމީ ޝަރީއަތުގެ މަސްދަރުތައް ބިނާވެފައި ވަނީ މީސްތަކުންނަށް ލުއިފަސޭހަކޮށްދީ ބުރަކަން ނައްތާލާ ޒަރޫރީ ހާލަތުން ދިފާއުވެ، މަގްސަދު ނައްތާލުމަށް ކަމަށްވާތީ ކަމަށް ފަތުވާދޭ މަޖިލީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސިއްހީ ގޮތުން ލާޒިމުކުރާ އިޖްރާއަތްތަކަށް ތަބާވުން ވާޖިބުކަމަކަށް ވީހިނދު އެކަމަކީ އުމުރުގެ ގޮތުން ވިޔަސް، ފަރުދުންގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި ނަމާދުކުރާ މީހުންގެ ސިއްހީ ހާލަތާއި ގުޅިފައިވާ ކަމަކަށްވިޔަސް، އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަން ޖެހޭ ކަމަކަށް ވިޔަސް، އިތުބާރު ހުރި ސިއްހީ މާހިރުން މިކަމަށް ދެއްވާ އިރުސާދަށް ބޯލެނބުމަކީ ދީނީގޮތުން ވާޖިބުކަމެއް ކަމެށް ވަނީ ވިދާޅުވެފައެވެ.

މިހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާ މީހުންނާއި ހުކުރު ނަމާދު ކުރާ މީހުން އިޖްތިމާއީ ގައިދުރުކޮށްގެން ސަފު ހަދައިގެން ނަމާދު ކުރެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށާއި އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިއަދު އަމަލު ކުރަމުންދަނީ މިގޮތަށް ކަމަށް އެމަޖިލީހުން ބުނެފައިވެއެވެ. އަދި މިގޮތަށް މިކަން ކުރެވޭނެކަމަށް އެގައުމުތަކުގެ ފަތުވާ މަޖިލީސްތަކުން ފަތުވާތައް ނެރެފައިވާކަމަށްވެސް ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އެއްވެސް ސަބަބެއްނެތި ހުރިހާ ކަމެއް ފުރިހަމަވެގެންވާ ހާލަތުގައި އަމިއްލަ އިހްތިޔާރުގައި ނަމާދު ކުރާ މީހުންގެ ސަފުތަކުގައި ހުސްތަން ބާއްވައިގެން ނަމާދު ކުރުމަކީ ޖުމްހޫރު އިލްމުވެރިންގެ ގާތުގައި މަކްރޫހަ ކަމެއް ކަމަށާއި އެކަމަކު މަޖުބޫރު ހާލަތުގައި މިދެންނެވި މަކްރޫހަކަން ނެތިގެންދާނެކަމަށް ފަތުވާދޭ މަޖިލީހުން ވަނީ ބަޔާން ކޮށްފައެވެ. އަދި ސިއްހީ ބާރު ހުރި މާހިރުންގެ ލަފަޔާއި އިރުސާދާ ހިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމަށެވެ. އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަންޖެހޭނެކަމަށެވެ. 

ފަތުވާ މަޖިލީހުން މިގޮތަށް ކަނޑައަޅާފައިވާއިރު، ކޮވިޑު-19 ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އަންގާފައެވެ

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް