ads
ކުއްޖާ ނިޔާވަންދެންވެސް ބާއްވާފައިވަނީ ކުޑަ ޓްރޭއެއްގައި——
ތުއްތު ކުއްޖާ މަރުވި މައްސަލަ އައިޖީއެމްއެޗް އިން ބަލަނީ!
ބަނޑަށް ފަސް މަހުގައި ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދިޔުމުން ދެ ދުވަސް ވަންދެން އެޑްމިޓްކޮށްފައި ދުވަސްނުފުރާ އަންހެން މިހާ ވިހެމާއި ހަމައަށް އަދި ދަރިފުޅަށް ދޭންވާ ސިއްހީ ފަރުވާ ނުދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ އައިޖީއެމްއެޗް ބަލަން ފަށައިފި އެވެ.
Advertisement

މި މައްސަލާގައި ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓާ ވިދާޅުވީ، އެ މައްސަލަ މިހާރު އައިޖީއެމްއެޗް އިން ދަނީ ބަލަމުންކަމަށާއި މައްސަލަ ބެލުމަށްފަހު ވަރަށް އަވަހަށް މައްސަލައިގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރާނެ ކަމަށެވެ. 

ދުވަސް ނުފުރާ ވިހާ ކުދިންނާއިމެދު ހޮސްޕިޓަލުން ކަންކުރުމުގައި ގެންގުޅޭ އުސޫލާއި ބެހޭގޮތުން ސުވާލު ދެއްނެވުމުން އައިޖީއެމްއެޗްއިން ވަނީ އެކަމަކީ މެޑިކަލީ އަދދި ބަލަންޖެހޭ ކަންކަމެއް ކަމަށްވުމުން އެޔާއި ގުޅޭ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެ މައުލޫމާތުވެސް ފަހުން ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ. 

އާއިލާއިން ސޯޝަލް މީޑިއާގައި މި ހާދިސާ ހިއްސާކޮށްފައިވާ ގޮތަށް ބަލާއިރު، ބަނޑުގައި ރިއްސާތީ ދަރިފުޅުގެ މަންމަ ދިޔުމުން ހޮސްޕިޓަލްގައި ދެ ދުވަސް ވަންދެން ވަނީ އެޑްމިޓްކޮށްގެން ބާއްވާފައެވެ. އަދި ވިހެއުމުގެ ރިހުންވަރު ކައިރިވިއިރުވެސް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން އަޅާލާފައެއް ނުވާކަމަށް ބުނެ އެވެ. 

"ބުނީ ވާ ވަރަށްވުރެ މާ “އެކްޓް” ބޮޑުކޮށްގެންނޭ ޕޭޝަންޓް އުޅެނީ. ދަރިފުޅުގެ މަންމައަށް ފާހާނާއަށް ނުލެވޭތާ 3 ދުވަސް ވެފައިވާތީ އާ އެކީ އެ ރިހުމުގައި ހުއްޓާ ފާހާނައަށްވަދެ އެއްޗެއް ފައިބާހެން ހީވާތީ ގޮވީމަ އައީ ބޭރު ދެ މީހުން. އެމީހުން އައިތަނާ އެމީހުންގެ އަތުތެރެއަށް ކުއްޖާ ވިހެއީ ފާހާނާ ތެރޭ ހުއްޓަ'" އާއިލާ އާއިލާއިން ބުނާގޮތުން އެހާލުގައި ވިހެއުމުން ވެސް އެ ހުރިގޮތަށް ފޫޅުގައި ދަތިވެސް ނުޖަހައި ފޫޅު ކަޑައިގެންގެން ގޮސް ކުޑަދަރިފުޅު ބާއްވާފައިވަނީ ފާހަނާ ނެޕީ ބަދަލުކުރުވަން ކުދިން ބާއްވާ ތަނެއްގައެވެ. އޭރު ކުއްޖާގެ ހުރިހާ ކަމެއްވެސް ބަރާބަރު ކަމަށް އާއިލާއިން ބުނެއެވެ.
 

އެއަށް ފަހު ކުއްޖާގެ މަންމަ ގެންގޮސް މަސް ވިއްސުވުމަށް ފަހު ގެނެސް ވޯޑަށް ނެރުނުއިރުވެސް ކުއްޖާ ބާއްވާފައިވަނީ އޭރު ބޭއްވިތާގައި ބޭއްވިގޮތަށް ސާފުވެސް ކޮށް ނުލާކަމަަށް އާއިލާއިން ބުނެއެވެ. އަދި އާއިލާއިން އެދުމުންވެސް އެނޫންގޮތެއް ނުހެދުމުން ކުއްޖާ ނަގާފައިވަނީ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ވާހަކަ ދެއްކުމުން ކަމަށް އާއިލާއިން ބުނެއެވެ. ކުއްޖާއަކީ ދުވަސް ނުފުރާ ވިހޭ ކުއްޖަކަށްވުމުން ކުއްޖާގެ ގުނަވަންތައް ރަނގަޅަށް އުފެދިފައެއް ނުވެއެވެ. އަދި ކުއްޖާ އޮތީ ވަރަށް ވެސް ކުޑަކޮށްނެވެ. މެނޭޖްމެންޓާއި ވާހަކަ ދެއްކުމުން ކުއްޖާ ނެގުމަށް ފަހު ހުދުފޮތި އަޅާއި، ލާފައިވަނީ ޓްރޭއަކަށެވެ. ކުއްޖާ މަރުވެފައިވަނީ އެހެން އެ ޓްރޭގައި އޮވެ ކަމަށް އެ އާއިލާއިން ތުހުމަތު ކުރެ އެވެ. 

0%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް