ads
މިއަދުގެ އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ: ޕްރޮގްރެސިވް ކޯލިޝަން
ކުރީގެ މެމްބަރު ޝާޑުއާއި އިސްމާއިލް ހިމެނޭހެން ހަތް މީހަކު ހައްޔަރުކޮށްފި!
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން މާލޭގައި މިއަދު ކުރިއަށްގެންދާ އިހުތިޖާޖުން ހަތް މީހަކު ހައްޔަރުކޮށްފި ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިއަދު ހައްޔަރު ކުރި ހަތް މީހުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ ދެ މެމްބަރުން ހިމެނެއެވެ. 

އެއީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ކަމަށް ހީނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންނަށް ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް މިއަދުގެ އިހުތިޖާޖުން ހައްޔަރު ކުރީ ފަސް މީހެެއް ކަމަށެވެ.

ސިލްސިލާކޮށް ކޮންމެ ދުވަހަކު ޕީޕީއެމް އޮފީސް ކުރިމަތީ އިދިކޮޅުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މި އިހުތިޖާޖުތަކުން އެކި ފަހަރު މަތިން ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާއިރު، އެޗްޕީއޭ ގައިޑްލައިނުތަކާ ހިލާފުވިކަމަށް ބުނެ ބައެއް މީހުން ޖޫރިމަނާ ކޮށްފައިވެސް ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް