ވޯލްޑްކަޕް ކޮލިފައިންގައި ސްވިޑުންއިން ކުޅެން ޖެހޭ މެޗުތަކަށް އެކުލަވާލި ގައުމީ ސްކޮޑުގައި އިބްރޮހޮމަވިޗް ހިމެނިއިރު އޭނާ އަންނަނީ އިޓަލީގެ އޭސީ މިލާނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
އުމުރުން ތިރީސް ނުވަ އަހަރުގެ ޒްލަޓަން އިބްރޮހޮމަވިޗްވަނީ އޭނާގެ ކާމިޔާބު ކްލަބު ކެރިއަރުގައި ފަސް ސަތޭކައަށްވުރެ ގިނަ ލަނޑު ޖަހާފައެވެ. ޒްލަޓާންގެ ކްލަބު ކެރިއަރުގައި 500 ލަނޑު ހަމަ ކުރިއިރު އޭނާ ކުރިން ކުޅެފައިވާ ކްލަބުތަކުގެ ތެރޭގައި ބާސެލޯނާ އާއި މެންޗެސްޓަ ޔުނައިޓެޑްގެ އިތުރުން ޔުވެންޓަސް ހިމެނެއެވެ. އޭނާ ވަނީ އެމެރިކާގެ އެލްއޭ ގެލެކްސީއަށް ވެސް ކުޅެފައެވެ. މިއިން ކޮންމެ ޓީމެއްގައި ވެސް އޭނާވެފައި ވަނީ ތަރިއަކަށެވެ.