ads
މިއަދުގެ އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ: ޕްރޮގްރެސިވް ކޯލިޝަން
އިހުތިޖާޖުން ހައްޔަރުކުރި އެކަކު ފިޔަވާ އެންމެން ދޫކޮށްލައިފި
އިދިކޮޅުން މިއަދު ޕީޕީއެމް އޮފީސް ކުރިމަތީ ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން އެކަކު ފިޔަވާ އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އިހުތިޖާޖުގައި ޖުމުލަ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. 

މީގެ އިތުރުން އެކަކު ފިޔަވާ އެންމެން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ، 

އިދިކޮޅު ކޯލިޝަނުން ވަނީ މި އިހުތިޖާޖުން ހައްޔަރު ކުރި މީހުންގެ ތެރޭ ރައްޔިތުން މަޖިލީހުގެ ކުރީގެ ދެ މެމްބަރުން ހިމެނޭ ކަމަށް ބުނެފައެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ކަމަށް އިދިކޮޅުން ބުނެއެވެ.

ސިލްސިލާކޮށް ކޮންމެ ދުވަހަކު ޕީޕީއެމް އޮފީސް ކުރިމަތީ އިދިކޮޅުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މި އިހުތިޖާޖުތަކުން އެކި ފަހަރު މަތިން ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާއިރު، އެޗްޕީއޭ ގައިޑްލައިނުތަކާ ހިލާފުވިކަމަށް ބުނެ ބައެއް މީހުން ޖޫރިމަނާ ކޮށްފައިވެސް ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް