ads
ހިރިލަންދޫގައި ސައިފް ކުރިއަށްގެންދިޔަ ފްރީ ސްޓައިލް ޓްރެއިނިންގް ކޭމްޕުގެ ތެރެއިން
ހިރިލަންދޫގައި ސައިފްގެ "ފްރީ ސްޓައިލް" ޓްރެއިނިންގް ޕްރޮގުރާމެއް!
ފްރީ ސްޓައިލް ކުރިއެރުވުމަށް، ރާއްޖޭގެ ފްރީސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރުގެ ފަރާތުން އަތޮޅުތެރޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޓްރެއިނިންގް ޕްރޮގްރާމު ކާމިޔާބުކަމާއި އެކު ތ. ހިރިލަންދޫގައި ނިންމާލައިފިއެވެ.

މިޑް ޓާމް ޗުއްޓީ އާއި ދިމާކޮށް، 7 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން، ކުރިއަށް ގެންދިޔަ މި ޓްރެއިނިންގް ޕްރޮގުރާމުގައި ޖުމްލަ 23 ކުދިން ވަނީ ބައިވެރި ވެފައެވެ. އެއީ 22 ފިރިހެންކުދިންނާއި އަންހެން ކުއްޖެކެވެ. 

ޖުމްލަ 5 ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި، ފްރީސްޓައިލް ބޭސިކް ސްކިލްސް އާއި، ގްރައުންޑް މޫވްސްގެ އިތުރުން ސްޓްރީޓް ސޮކާ ސްކިލްސް އަދި ޓްރިކްސް ވަނީ ބައިވެރިންނަށް ދަސްކޮށްދީފައެވެ. އަދި ކޮންމެ ކުއްޖަކަށް ސެޓްފިކެޓްވެސް ވަނީ ހަވާލުކޮށްފައެވެ.

your imageހިރިލަންދޫގައި ސައިފް ކުރިއަށްގެންދިޔަ ފްރީ ސްޓައިލް ޓްރެއިނިންގް ކޭމްޕުގެ ތެރެއިން 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ސައިފް ބުނީ، މިއީ އޭނާގެ އޮފިޝަލް ބްރޭންޑްގެ ފަރާތުން އަތޮޅުތެރޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ޕްރޮގުރާމައް ވާއިރު، މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށެވެ. އަދި މި ޕްރޮގްރާމަކީ އަމިއްލަގޮތުން ކުރިއަށްގެންދިޔަ ޕްރޮގުރާމަކަށް ވީނަމަވެސް ރަށުގެ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބަރުލުމެއް ލިބުނުކަން ފާހަގަކޮށް ސައިފް ވަނީ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ. 

your imageހިރިލަންދޫގައި ސައިފް ކުރިއަށްގެންދިޔަ ފްރީ ސްޓައިލް ޓްރެއިނިންގް ކޭމްޕުގެ ތެރެއިން 

ފްރީސްޓައިލް ކުރިއެރުވުމަށް ސައިފްގެ އަމިއްލަ ބްރޭންޑެއް ރަޖިސްޓާކޮށް މާލޭގައިވެސް ސައިފް އަންނަނީ ކުދިން ތަމްރީން ކުރަމުންނެވެ. އަދި ކޮވިޑުގެ ހާލަތަށް ލުޔެއް ލިބުމާއިއެކު، އަތޮޅުތެރޭގެ އެހެން ރައްތަކުގައިވެސް މިފަދަ ޕްރޮގްރާމުތައް ހިންގުމަށް ވިސްނަމުން އަންނަކަމަށްވެސް ސައިފް ބުންޏެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް