މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިހެން ވިދާޅުވީ، އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއި އެކުގައި ރާއްޖެ ސަރުކާރުން ވެފައިވާ އެއްބަސްވުންކަމަށް ބުނާ ލިޔެކިއުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ދައުރުވަމުން އަންނަ ލިޔެކިއުންތަކަކީ ސައްހަ އެއްޗެށް ނޫންކަމަށް ބަޔާންކޮށް އެމްއެންޑިއެފްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޝަމާލް ވިދާޅުވީ، ދައުރުވަމުން އަންނަ ސައްހަ ނޫން ލިއުމާއި ގުޅިގެން، ސިފައި 25 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާކަމަށް އެބައޮތް ކަމަށާއި، އެއީ ކަނޑައެޅިގެން އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫންކަމަށެވެ. އަދި އެފަދަ އެއްވެސް ތުހުމަތެއް އޮތްނަމަ އެމައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށް އިލްތިމާސް ކުރާކަމަށް ޝަމާލް ވިދާޅުވިއެވެ.