ޝަމާލް މިހެން ވިދާޅުވެފައި ވަނީ އުތުރުތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދުވެފައިވާ އެއްބަސްވުން ކަމަށް ބުނެ ލިޔެކިޔުންތަކެއް ލީކުވެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކަމާއި ގުޅިގެން މިއަދު އެމްއެންޑީއެފުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަކުން އެގައުމެއްްގެ އަސްކަރިއްޔާގެ ހުރިހާ މައުލޫމާތެއް ހާމަ ނުކުރާނެ ކަމަށެވެ. އެކަމަކު އެމްްއެންޑީއެފުން މިއަދު އެތަނުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްވެރިންނާއެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ ރައްޔިތުންގެ ހިތުގައި އުތުރުތިލަފަޅު އެއްބަަަސްވުމާއި ގުޅިގެން އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވުމަށް ކަމަށް ޝަމާލް ވިދާޅުވި އެވެ.
އުތުރުތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދުވެފައިވާ އެއްބަސްވުން ކަމަށް ބުނެ ލީކްވި ލިޔެކިޔުންތަކަކީ ހަގީގަތާ ހިލާފު ލިޔެކިޔުންތަކެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ނަމަވެސް އެ ލިޔެކިޔުންތަކާއި ގުޅިގެން އާންމުންގެ ކަންބޮޑުވުން ހުރުމާއެކު މަޖިލީހުގެ 241 ކޮމިޓީގައި ވެސް މެމްބަރުން ވަނީ އެ އެއްބަސްވުން ލިބޭނެ ގޮތެއް ހަދައިދޭން އެދިފަ އެވެ.