ads
އެމްއެންޑީއެފްގެ ހެލިކޮޕްޓަރު: ފައިލް ފޮޓޯ އަވަސް
ހެލިކޮޕްޓަރު އެގްރީމެންޓު ސަރުކާރުން ބޭނުންވީނަމަ ބާތިލު ކުރެވުނީސް: ޝަމާލް
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުގެ އެގްރީމެންޓު ބާތިލުކުރަން ސަރުކާރުން ނިކުންނެވިނަމަ އެ އެގްރީމެންޓު ބާތިލު ކުރެވުނީސްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވީ، އުތުރުތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއި އެކުގައި ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވިމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

ޝަމާލް ވިދާޅުވީ، ހެލިކޮޕްޓަރުގެ އެގްރީމެންޓު ބާތިލުކުރަން ސަރުކާރުން "ކެރިގެން ނިކުންނެވިނަމަ" އެ އެގްރީމެންޓު ބާތިލު ކުރެވުނީސް ކަމަށާއި، އޭރުވެސް އަދި މިހާރުވެސް އެކަން އޮތީ ހަމައެގޮތަށް ކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ މިިނިވަން ދައުލަތެއް ކަމަށާއި، ރާއްޖެއިން ބޭރުގެ އެއްވެސް ގައުމަކާއިއެކު ވެފައިވާ އެއްބަސްވުމެއް ބާތިލްކުރަން ބޭނުންވެއްޖެނަމަ، ކެރިގެން ނިކުމެ އެހިއްވަރު ހުރެގެން އެގްރީމެންޓު ބާތިލް ކުރެވެން ޖެހޭނެކަމަށެވެ. 

މިމޭރުމުން ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، އެގްރީމެންޓް ބާތިލު ނުކުރެވުނީކަމަށް ނުވަތަ އިންޑިއާ ސިފައިންގާތު ދާށޭ ބުމުން ނުދިޔައީކަމަށް ގަބޫލު ކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ. އަދި އެހެންކަމަށްވާނަމަ ދިވެހި ސިފައިންނަކީ ކީއްކުރަން ތިބޭ ބައެއްތޯ ޝަމާލް ވަނީ ސުވާލު އުފައްދަވާފައެވެ. 

" އަޅުގަނޑު ގަބޫލުކުރާކަށް ބޭނުމެއް ނުވޭ އެގްރީމެންޓު ބާތިލު ނުކުރެވުނީކަމަށް،، ދާށޭ ބުނީމާ ނުދެވުނީ ކަމަށް... އެހެންކަމަށްވާނަމަ މީ ކީއްކުރަން ތިބޭ ބައެއްތޯ ސިފައިން މީ؟ އޭރުވެސް ސިފައިން ބޭނުންކޮށްގެން ބާތިލުކުރަންވީ ނޫންތޯ؟ ކީއްވެތޯ ނުކުރީ؟ ސުވާލު އުފައްދަވަމުން ޝަމާލް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް