ކަރީނާ އިންސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯ އަކުން ފެންނަނީ ތައިމުރް ޓްރޭ އަކަށް ކުކީސް އަޅައިގެން ހުރި މަންޒަރެވެ. ތައިމުރްގެ އެ ފޮޓޯ ވަނީ އޭގެ ފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.
ގިނަ ބަޔަކު ތައިމުރް ހަދާ ކުކީސްތައް ކާން ބޭނުންވެފައި ތިބި ނަމަވެސް އެއީ ކްލޭ ބޭނުންކޮށްގެން ހަދާފަ ހުރި އެއްޗެއް ކަމަށް ބެލެވެއެވެ.
ތައިމުރް
މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކަރީނާއަށް ދެވަނަ ދަރިއަކު ލިބިފައިވާއިރު ފޭނުން ތިބީ އޭނާގެ ދެވަނަ ދަރިއަށް ކިޔާ ނަމާ އަދި އެކުއްޖާގެ ފޮޓޯ ދެކިލާ ހިތުން ކެތް މަދުވަފަ އެވެ. ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، ކަރީނާ ވަނީ އޭނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާއަށް އާންމުކޮށްފަ އެވެ