ކުރިމަތީގައި ލެޕްޓޮޕެއް ބައިންދައިގެން ރިތިކް ވަރަށް ސީރިއަސްކޮށް ލެޕްޓޮޕަށް ބަލަހައްޓައިގެން އިންއިރު އެހާ ސީރިއަސްކޮށް އޭނާ އެ ބަލަނީ ކޮން އެއްޗަކަށްތޯ ސުވާލު އުފެދުނެ އެވެ.
ކޮންމެއަކަސް، ރިތިކް ބުނާ ގޮތުގައި އޭނާ ބަލަހައްޓައިގެން އިނީ މެނޫއަކަށެވެ. އަދި ކެއުމުގެ ކަންކަން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށް ބުންޏެވެ.
ރިތިކް ކެއުމުގެ ކަންކަން ވަރަށް ސީރިއަސްކޮށް ނަގާ ކަމާމެދު ޝައްކެެއް ނެތެވެ. އޭނާގެ ހަށިގަނޑުގެ ރީތިކަން އެހާ ގިނަ ދުވަހަށް ދެމެހެއްޓިފައިވާ ސިއްރަކީ ވެސް ހަމަ އެއީ އެވެ.
އެކަމަކު އޭރު ރިތިކް ފޮޓޯއަކަށް ހުއްޓިގެން އިނީ އޭނާގެ ކުރިއަށް އޮތް އިޝްތިހާރެއްގެ ޝޫޓިންއެއްގަ އެވެ.