އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މޯނީ އުޅެނީ ދުބާއީގެ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށްވާ ސޫރަޖް ނަމްބިއާ އާ ރަށްޓެހިވެގެންނެވެ. ނަމަވެސް އެމީހުން އަދި އެކަން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް މިހާރު އެމީހުންގެ ގުޅުން ދުނިޔެއަށް ހާމަކުރަން މޯނީ ބޭނުންވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެގޮތުން މޯނީ ވަނީ ސޫރަޖްގެ މައިންބަފައިންނާ ވެސް މިހާރު ބައްދަލު ކޮށްފަ އެވެ. އަދި އެމީހުންގެ ތެރޭގައި އެ ދެމީހުންގެ ކައިވެނީގެ ވާހަކަ ދެކެވިފައިވާކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.
މިހާރު މޯނީ ދަނީ ކައިވެންޏާ މެދު ވިސްނަމުން ކަމަށް ވެސް އަޑުތައް ވަނީ އަރާފައެވެ.
މޯނީ ވަނީ ހިންދީ ސީރީޒްގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ބެލުންތެރިނަށް ފެނިގެން ގޮސްފަ އެވެ. އެގޮތުން މޭޑް އިން ޗައިނާ އަދި ގޯލްޑް ފަދަ ފިލްމުތަކުން އޭނާއަށް ވަނީ ވަރަށް މަގްބޫލުކަން ލިބިފަ އެވެ. އަދި މޯނީ މިހާރު ދަނީ ބްރަމަސްތްރާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ.