އޭނާ މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އޭނާ ވަރަށް ސީރިއަސްކޮށް ބަލަން އިނީ މެނޫއަކަށް ކަމަށެވެ. އަދި ހޭޝްޓެގްތަކުގައި "އައި ޓޭކް މައި ފުޑް ވެރީ ސީރިއަސްލީ" އަދި "މިސިން މައި ސަމޯސާ" ޓެގްކޮށްފައިވެއެވެ.
އޭނާގެ ބައެއް ސަޕޯޓަރުން ވަނީ އެކަމަށް ފާޑު ވެސް ކިޔާފައެވެ.
މީގެ އިތުރުން އެހެން މީހަކު ބުނެފައިވަނި ރިތިކްގެ ނޭފަތް ވަރަށް ތޫނު ކަމަށާއި، ސަމޯސާ ހަދަން ބޭނުންވާ އަލުވިވެސް އެ ނޭފަތުން ކެނޑިދާނެކަމަށެވެ.