އިޒްރޭލުގެ އާންމު އިންތިހާބާއި ކައިރިވެފައިވަނިކޮށް، މި ބުދު ބަހައްޓާފައިވަނީ ނަތަންޔާހޫ އާއި ދެކޮޅަށް ކުރާ މުޒާހަރާގެ ބައިވެރިއެއްކަމަށް ބެލެވެއެވެ.
މިއީ އިޒްރޭލުގައި ދެ އަހަރު ދުވަހުގެ ތެރޭގައި ބާއްވާ ހަތަރުވަނަ އިތިހާބެވެ.
މި ބުދު ބަހައްޓާފައިވަނީ ދަންވަރު ވަގުތެއްގައި އިޒްރޭލުގެ ވެރިރަށް ޓެލް އަވީވުގެ ހަބީމާ ސްކުއާގައެވެ.
ނަމަވެސް ހެނދުނު 10:00 ހާއިރު، ފުލުހުންވަނީ އެ ބުދު ނަގައިގެން ގެންގޮސްފައެވެ.
ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުގައި ގެންދަނީ އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި ހިފުމަށް ހިންގި ޖަރީމާތައް ތަހުގީގުކުރަމުންނެވެ.