މި ރަހިމުގައި 250 ސެލްގެ މީދަލެއްގެ ފީޓަސް އެއް ވަނީ ކާމިޔާބު ކަމާއެކު ގަރުބަގަންނުވާފައެވެ.
މީގެ ސަަބަބުން މައިމީހާގެ ބަނޑުން ބޭރުގައި ވެސް އިންސާނުން އުފެއްދުމަށް ކުރާ މަސައްކަތައް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް މިކަން ކުރި ސައިންސުވެރިން ބުނެއެވެ.
"މިގޮތައް އަހަރުމެން އެތައް މީދަލެއް އުފެއްދުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން،" ސްޓެމް ސެލްގެ ޕްރޮފެސާ ޖޭކޮބް ހަނާން ބުނެފައިވެއެވެ.
މިކަން ހާމަކޮށްފައިވަނީ ނޭޗާ ނަމުގައި ނެރޭ ޖާނަލެއްގައެވެ. މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.