ads
ކޮވިޑް 19
ޕީސީއާރު ޓެސްޓު ހެދިޔަސް ނުފެންނަ ކޮވިޑް ވޭރިއަންޓެއް ހޯދައިފި
ކޮވިޑް 19 ގެ ވައިރަސް ދެނެގަތުމަށް އާންމުކޮށް ހަދާ ޕީސީއާރު ޓެސްޓު ހެދިޔަސް ނުފެންނަ ވޭރިއަންޓެއް ފްރާންސް އިން ފެނިއްޖެއެވެ.

މި ވޭރިއަންޓު ފެނުނު ނަމަވެސް، އެއީ ކިހާ ހަލުވިކަމާއެކު ފެތުރިދާނެ ބާވަތެއްތޯ އަދި ނުރައްކާތެރިކަން ހުރީ ކިހާ މިންވަރަކަށްތޯ ބަލަމުން އަންނަކަމަށް ފްރާންސްްގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ މި ވޭރިއަންޓާއި ގުޅޭ ހާއްސަ ތަހުގީގެއްވެސް ފެށިކަން އިއުލާނުކޮށްފައެވެ. 

މި ވޭރިއަންޓަކީ ބްރެލިޒް އަދި ޔޫކޭ ވޭރިއަންޓުހާ ނުރައްކާތެރި ވޭރިއަންޓަކަށް ނުވެދާނެކަމަށް ވެސް އެ ޖަމިއްޔާއިން ލަފާކުރެއެވެ. ނަމަވެސް ޓެސްޓުތަކުން ނުފެންނާތީ އެކަމުގެ ކަންބޮޑުވުން އޮތްކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ. 

ފްރާންސް އިން އާ ވޭރިއަންޓެއް ފެނިފައިވާއިރު، އެ ގައުމުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ. އޭގެ ތެރޭގައި ކާފިއު އަލުން އިއުލާނުކުރުން ވެސް އެކަށީގެންވެއެވެ. 

12%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް