ads
އީޝާ ޑިއޯލް ---
އީޝާ ޑިއޯލް އިތުރު ފިލްމަކުން ފެނިދާނެތަ؟
މަޝްހޫރު އެކްޓަރު ދަރުމެންދުރަ އަދި ހޭމާ މާލިނީގެ އަންހެން ދަރިފުޅު އަދި އެކްޓަރެސް އީޝާ ޑިއޯލް އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2015ގައެވެ. 2017ގައި އޭނާގެ ފުރަތަމަ ދަރިފުޅު ވިހޭފަހުން 2018ގައި ކުރު ފިލްމަކުން އޭނާ ފެނިގެން ދިޔަނަމަވެސް އޭގެ ފަހުން އީޝާ ވަނީ ކެމެރާގެ ކުރިމަތިން ގެއްލިފައެވެ.
Advertisement

މިހާރު އީޝާ އަކީ ދެކުދިންގެ މަންމައެކެވެ. އޭނާގެ ދެވަނަ ދަރިފުޅު ވިހާފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އަދި އޭގެ ފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެނބުރި ސްކްރީނަށް އަންނަން އީޝާ ހުރީ ތައްޔާރަށް ކަމަށް ބޮލީވުޑްގެ އެކި ހަބަރުތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން ވަރަށް ފަހުން ފިލްމެއްގެ ޝޫޓިންގެ މަސައްކަތުގައި އީޝާ ހަރަކާތްތެރިވިކަން އޭނާ ކަށަވަރު ކޮށްދީފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތަކުން ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް، އަދި އެ ފިލްމުގައި އީޝާގެ ރޯލަކީ ކޮބާކަން މިހާތަނަށް އާންމު ކޮށްފައެއް ނުވެއެވެ.

އީޝާ ވަނީ އޭނާއަށް އެކި ފިލްމުން އޮފާތައް ލިބެމުން އަންނަ ކަމަށް ބުނެފައެވެ. އަދި މިހާރު އޭނާ ހުރީ އެނބުރި ސްކްރީނަށް އަންނަން ތައްޔާރަށް ކަމަށްވެސް ބުނެފައެވެ. 

މީގެ އިތުރުން މިހާރު އެއް ޕްރޮޖެކްޓުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް