ސީއެންއެމްއަށް މައުލޫމާތުދެމުން ބުރުނީ ކައުންސިލަރު އުސްމާން އަރީފް ވިދާޅުވީ އެބޭފުޅާ ވެސް ހުންނެވީ ކަރަންޓީނުގައި ކަމަށެވެ.
ރޭގައި ކަރަންޓީނަށް ލާފައިވާއިރުގައި ހޮސްޕިޓަލުން ސާމްޕަލް ނުނަގާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އުސްމާން ހާމަކުރި އެވެ.
އުސްމާން ކިޔާދިން ގޮތުގައި ސާމްޕަލް ނަގަން ހޮސްޕިޓަލުން ނިންމާފައިވަނީ 14 ދުވަހުގެ ކަރަންޓީނަށްފަހުގައި ކަމަށެވެ. އެހެންކަމުން އަދި ކޮވިޑްއަށް ޕޮޒިޓިވްތޯ އަދި ނުވޭތޯ އިނގިފައި ނުވާކަމަށް ވެސް އޭނާ ހާމަކުރި އެވެ.
މީގެ އިތުރުން އުސްމާން ވިދާޅުވީ ބުރުނީގައި 14 ގެ ކަރަންޓީނުގައި ހުރި އިރުގައި 36 މީހުން ވަނީ އެ ގެތަކުގައި ކަރަންޓީނު ކުރެވިފައި ކަމަށެވެ.
މިކަމާ ގުޅޭގޮތުން ބުރުނި ހޮސްޕިޓަލުން ބުނެފައި ވަނީ މިހާރު ވިއްސަކަށް މީހުންގެ ސާމްޕަލް ނެގުމަށް ހޮސްޕިޓަލުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.