އުދައްޔު: ފޮޓޯ އާއިލާ
އުދައްޔުގެ މަރު: ކުޑަކުއްޖަކާއެކު، ހަތަރު މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި
Share
ގއ. މާމެންދޫގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ހިނގާދިޔަ މާރާމާރީއެއްގައި މަރުވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ހަތަރު މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.
Advertisement

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ސީއެންއެމަށް ވިދާޅުވީ ޕީޖީން މި މައްސަލަ ބަލައިގަތީ އިއްޔެ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި 18 އަހަރުން މަތީގެ ތިން ކުއްޖަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ އަންނަ އަންގާރަ ދުވަހުގެ ކުރިން މި މައްސަލާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ. 

މާމެންދޫގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ހިނގާދިޔަ މާރާމާރީގައި މަރުވި އުދައްޔުގެ މަރުގެ މައްސަލާގައި ފުލުހުން ފަސް މީހަކު ހައްޔަރު ކުރިއެވެ.

އެގޮތުން އެންމެ ފުރަތަމަ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތިން މީހެކެވެ. އެއީ 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. 

ފުލުހުން ފަހުން ވަނީ އެމައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި އުމުރުން 18 އަހަރުގެ ކުއްޖެކެވެ. 

މީގެ އިތުރުން މި މައްސަލާގައި އުދައްޔުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާ، އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް