އިންޑިއާގެ މަޝްހޫރު ޔޫޓިއުބާ ނާރަޔާނާ ރެޑީ، ނުވަތަ އާންމުންގެ މަޝްހޫރު ނަމުންނަމަ "ގްރޭންޑްޕާ ކިޗަން" ހިންގަމުންގެންދާ މީހާ މަރުވެއްޖެ އެވެ.

Advertisement
އިންޑިއާގެ މަޝްހޫރު ޔޫޓިއުބާ ނާރަޔާނާ ރެޑީ، ނުވަތަ އާންމުންގެ މަޝްހޫރު ނަމުންނަމަ "ގްރޭންޑްޕާ ކިޗަން" ހިންގަމުންގެންދާ މީހާ މަރުވެއްޖެ އެވެ.
ގޭގެ ބޭރުގައި ބޮޑެތި ކެއްކުންތައް ކެއްކުމުން މަޝްހޫރު އެމީހާ މަރުވެފައި ވަނީ އުމުރުން 73 އަހަރުގައި ކަމަށް އާއިލާއިން ބުނެ އެވެ.
މީގެ ދެއަހަރެއްހާ ދުވަސް ކުރިން އޭނާ "ގްރޭންޑްޕާ ކިޗަން" ގެ ނަމުގައި ޔޫޓިއުބް ޗެނަލެއް ފެށިއިރު މިހާތަނަށް ހަ މިލިއަން މީހުން ވަނީ އެ ސަބްސްކްރައިބް ކޮށްފަ އެވެ. ބޮޑެތި ކެއްކުންތައް ކެއްކުމަށް ފަހު އެ ކައްކާތަކެތި އެމީހާ އައީ ހައިދަރުއާބާދާއި ތެލަންގަނާ ސްޓޭޓުގައި ދިރިއުޅޭ ފަގީރު ކުދިންނަށް ފޯރުކޮށްދެމުންނެވެ.
މިދިޔަ ބުދަ ދުވަހު، އެ ޗެނަލް މެދުވެރިކޮށް ވަނީ އެމީހާގެ ޖަނާޒާގެ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެތައް ބަޔަކު ވަނީ އެމީހާގެ ޖަނާޒާގައިވެސް ބައިވެރިވެފަ އެވެ.
އެމީހާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ޔޫޓިއުބުގައި ކައްކާ ޗެނަލެއް ހަދަން ނިންމީ އޭނާގެ އާއިލާ މީހުންނަށް ދޭތެރެ ދޭތެރެއިން ކެއުންތައް ތައްޔާރުކުރަމުންދާ މީހަކަށްވެ، އޭނާގެ ކެއްކުންތައް މުޖުތަމައުގައި ތިބި ބޭނުން ޖެހިފައިވާ މީހުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ބޮޑުބޭބެ މަރުވި ނަމަވެސް އެ ކުދިން ވެގެން ޔޫޓިއުބް ޗެނަލް ހިންގާނެ ކަމަށް ވެސް ބުންޏެވެ.