ކަނޑޫދޫ ހޮސްޕިޓަލުގެ އެސިސްޓެންޓް އެޑްމިން އަލީ މުހައްމަދު ސީއެންއެމްއަށް ވިދާޅުވީ ކުޑަހުވަދޫއިން އެރަށަށް ދިޔަ 14 މީހަކު މިހާރުވަނީ ކަރަންޓީނު ކުރެވިފައި ކަމަށެވެ.
އަދި މިހާރު އެމީހުންގެ ސާމްޕަލް ވަނީ ނެގިފައި ކަމަށާއި މާދަމާގެ ވަގުތެއްގައި ނަތީޖާ ލިބިގެންދާނެ ކަމަށް ވެސް އަލީ ހާމަކުރެއްވި އެވެ.
މީގެ އިތުރުން އަލީ ވިދާޅުވީ ކަރަންޓީނު ކުރެވިފައިވާ އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް އަދި ނުފެންނަ ކަމަށެވެ.
އިއްޔެ މާލެ ސަރަހައްދުން 112 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރުގައި އަތޮޅު ތެރެއިން 11 މީހަކާއި ރިސޯޓު ތަކުން 19 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 142 ކެވެ.