ads
ޔަޝް އާއި އޭނާގެ އަންހެނުން އަދި ދަރިފުޅު---
ޔަޝްއަށް ދަރިއަކު ލިބިއްޖެ
ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު، އާއްމު ނަމުން ނަމަ ޔަޝް އަދި އަންހެނުން، ކުރީގެ އެކްޓަރެސް ރާދިކާ ޕަންޑިތަށް ދަރިއަކު ލިބިއްޖެއެވެ.
ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު، އާއްމު ނަމުން ނަމަ ޔަޝް އަދި އަންހެނުން، ކުރީގެ އެކްޓަރެސް ރާދިކާ ޕަންޑިތަށް ދަރިއަކު ލިބިއްޖެއެވެ.

ޔަޝް އާއި ރަދިކާ އަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އެމީހުނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އަންގާފައިވަނީ ދަރިފުޅަށް ހަތް މަސް ވެފައި ވަނިކޮށެވެ.

ދެވަނަ ދަރިފުޅު ލިބުނުކަން ޔަސް މިދިޔަ ބުދަ ދުވަހު އަންގާފައިވާއިރު އެމީހުން ލިބިފައިވަނީ ފިރިހެން ކުއްޖެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ގިނަ ބަޔަކު މިހާރު ތިބީ ދަރިފުޅުގެ ފޮޓޯއެއް ދައްކާނެ އިރެއްގެ އިންތިޒާރުގައެވެ.


ޔަޝް އާއި ރާދިކާ ފުރަތަމަ ދިމާވީ ޓީވީ ޝޯ 'ނަންޑަގޮކުލް' އިންނެވެ. ދެ މީހުން ކައިވެނިކޮށްފައި ވަނީ ހަ އަހަރު ލޯބީގެ ގޮތުން އެކުގައި އުޅުމަށްފަހު 2016 ވަނަ އަހަރެވެ.

އުމުރުން 32 އަހަރުގެ ޔަޝް އާއި 34 އަހަރުގެ ރާދިކާ އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައި ވެއެވެ. ޔަޝް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ސަންތު ސްޓްރައިޓް ފޯވާޑް، ގޫގްލީ، ރާޖާ ހުލީ އަދި މާސްޓާ ޕީސް ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް