ads
ހއ.ބާރަށް
ބާރަށް މޮނިޓަރިންއިން ނަގައިފި
ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކަރަންޓީނާ ހިލާފުވުމުގެ ސަބަބުން މޮނިޓަރިންނަށް ލާފައިވާ ހއ. ބާރަށް މޮނިޓަރިންއިން ނަގައިފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ރަށް މޮނިޓަރިންއިން ނަގާފައިވާކަން އެ ސެންޓަރުގެ ތަރްޖަމާން ޑރ. ނަޒްލާ ރަފީގް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ، ނ. ޅޮހީ އާއި އއ. ތޮއްޑޫގެ އިތުރުން އދ. ފެންފުށި އެވެ. 

ބާރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކަރަންޓީނާ ހިލާފުވުމުގެ ސަބަބުން އެރަށް މޮނިޓަރިންނަށް ލައިފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރަށް މޮނީޓަރިންނަށްލުމާއެކު ރަށު ކައުންސިލުން ފިޔަވަޅުތައް ހަރުކަށި ކުރި އެވެ. ފުލުހުންގެ ހާއްސަ ހުއްދައަކާ ނުލައި ގެއިން ބޭރަށް މީހުން ނިކުތުމަކީ މަނާ ކަމެއްގެ ގޮތުގައި ހަދައި ސްކޫލުތަކާއި އެހެނިހެން އާންމުން ބޭނުންކުރާ ތަންތަން ބަންދުކުރި އެވެ. 

ފިހާރަތަކާއި ކާބޯތަކަތީގެ ހިދުމަތް ދެމުން އައި ތަންތަނުގެ ހިދުމަތް، އެރަށުގައި ޑެލިވަރީގެ ހިދުމަތައް ބަދަލުކުރި އެވެ. އެއާއެކު ރަށުގެ މަސްވެރިންނަށް މަސްބާނަށް ދެވޭނެ މަގެއް ނެތުމުން ރަށުގައި ރައްޔިތުން ކުކުޅުމަހާއި ސޮސެޖެވެސް ކައި އުޅުނެވެ. 

ބާރަށުގައި ކޮވިޑްގެ ޖުމްލަ 36އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، އެރަށުގެ 200 އެއްހާ ގެ ކަރަންޓީންކޮށްފައި ވެއެވެ. އަދި ގިނަ އަދަދަކަށް ރެންޑަމް ސާމްފަލްތަކެއް ނަގާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް