ads
ޓޫރިޒަމް މިނިސްޓަރު މައުސޫމް--
މިނިސްޓާ މައުސޫމް ސޯފީ އަށް ކާން ދެއްވައިފި!
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، އައްޑޫއަށް ގެންގޮސްފައިވާ އަސްތައް ބައްލަވާލައްވައިފި އެތަނުން ސޯފީ ކިޔާ އަހަކަށް ކާން ދެެއްވައިފިއެވެ.

އައްޑޫއަށް އަސް ގެންދިޔަ ކުންފުނީގެ ވެރިޔާ، އަހުމަދު އަގްލީލް ވަނީ މިނިސްޓަރު މައުސޫމް އަހަކަށް ކާންދޭން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. 

އެގޮތުން މިނިސްޓަރު މައުސޫމް އާއި އޭނާގެ ބައިވެރިޔާ، މުހައްމަދު އަދްލީލް، "ސޯފީ" އަށް ކާންދެނީ ކަމަށް ބުނެފައިވެ އެވެ. 

އެ ޓްވީޓް، ރީޓްވީޓް ކުރައްވަމުން މިނިސްޓަރު ވަނީ އައްޑޫގެ އަސް ދުއްވާ ސަރަހައްދަށް ވަޑައިގަތުމަށް ދައުވަތު ދެއްވި ކަމަށްޓަކައި އެމީހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. 

އައްޑޫއަށް މިމަހުގެ ހަ ވަނަ ދުވަހު އަސްތައް ގެނައީ ސަދަން ސްޓެލިއަންސް ކުންފުނީގެ ފަރާތުންނެވެ. އެގޮތުން ތިން އަހެއް ގެނެސްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ "ޖޯޖިއާ"، "ސޯފީ" އަދި "އަސްލަން" އެވެ. 

ގިނަ ބައެއްގެ ސަމާލުކަން އެތަނުން ލިބިފައިވާ އެއް އަހަކީ "އަސްލަން" އެވެ. އެއީ ހުދުކުލައިގެ އަހެވެ. 

އައްޑޫ ސިޓީއަށް ގެނައި އަސްތައް ބަލާލާއި، އަސްތަކާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް ވިހި ރުފިޔާދީގެން މިހާރު އެތަނަށް ވަދެވޭނެ އެވެ. އަސްތައް މާހައުލަށް ހޭނުމަށް އިތުރު ވަގުތު ބޭނުންވާތީ އަސްތައް ދުއްވަން އަދި ފުރުސަތު ހުޅުވައެއް ނުލަ އެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް