ads
ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް (ކ)ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު -- ފޮޓޯ: ރައީސް އޮފީސް
ވެކްސިން ދިނުމުގައި ތަފާތު ކުރުމެއް ނުބާއްވާނަން: ޗައިނާ
ވެކްސިން ފޯރު ކޮށްދިނުމުގައި އެހެން ގައުމުތަކާ ރާއްޖެއާއި ތަފާތު ނުކުރާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންތައް ބަލައި ރާއްޖެއިން އެގައުމަށް ދާންޖެހޭ ކަމަށް އަޑު ފެތުރިފައިވާއިރު ގިނަ ބައެއްގެ ފާޑުކިއުން މިކަމަށް ވަނީ އަމާޒު ވެފައެވެ. މިކަމާއި ގުޅިގެން ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ ވެކްސިން ހަދިޔާ ކުރުމުގައި ރާއްޖެއާއި އެހެން ގައުމުތަކާއި ތަފާތު ނުކުރާނެ ކަމަށެވެ. 

މި ވެކްސިނަކީ ދިވެހިރާއްޖޭގެ ރައްޔިތުން ކޮވިޑް-19 ގެ ބަލިމަޑު ކަމުން ސަލާމަތްކޮށް ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމުގެ ގޮތުން ދިވެހި ސަރުކާރުން ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރި ވުމުގެ ގޮތުން ހަދިޔާ ކުރާ ވެކްސިނެއް ކަމަށާއި، ބައެއް ރިޕޯޓު ތަކުގައި ޗައިނާއިން ވެދީފައިވާ އެހީ ބަލައި ނުގަނެ މީގެ އަސްލު އޮޅޭގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ. 

ޗައިނާއިން ރާއްޖެއަށް ދެލައްކަ ޑޯޒުގެ ވެކްސިން ހަދިޔާ ކުރުމަށް ނިންމާފައި ވާއިރު، އަދި މި ވެކްސިން ރާއްޖެއަށް ލިބިފައެއް ނުވެއެވެ. 

ރާއްޖެއަށް ޗައިނާއިން އެއްލައްކަ ޑޯޒުގެ ވެކްސިން ދިނުމަށް މިދިޔަ މަހުގައި ވާހަކަ ދެކެވިފައި ވީ ނަމަވެސް މި މަހު ހަތަރެއްގައި ވަނީ ދެލައްކަ ޑޯޒު ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ޖެހި ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް