ads
އަޖޭ އާއި ކާޖަލް--
ދެ ދަރިން ބައިގެން ދިޔަ ހިތްދަތި ހަނދާންތައް ކާޖަލް އާކޮށްފި
އަޖޭ ދޭވްގަން އާއި ކާޖަލްގެ ޖޯޑަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ޖޯޑެކެވެ. ކާޖަލް މިވަނީ އޭނާގެ ފިރިމީހާއާ ފުރަތަމަ ފަހަރަށް ބައްދަލުވި ގޮތާއި އަދިވެސް އެމީހުންގެ ހަޔާތުގައި ހިނގާފައިވާ ހިތްދަތި ގިނަ ކަންކަމާއި ގުޅޭ ގޮތުން "ހިއުމަންސް އޮން ބޮމްބޭ" އަށް އިންޓަވިއެއް ދީފަ އެވެ.

ހުލްޗުލްގެ ސެޓުން މީގެ 25 އަހަރު ކުރިން ކާޖަލް އާއި އަޖޭ ފުރަތަމަ ފަހަރަށް ބައްދަލުވިއިރު އެމީހުން ކައިވެނިކުރީ އޭގެ ހަތަރު އަހަރު ފަހުން 1999 ވަނަ އަހަރެވެ. ކައިވެންޏަށް އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ވެސް އެބަހުއްޓެވެ.

ކާޖަލް 'ހިއުމަންސް އޮން ބޮމްބޭ' އަށް ކިޔައިދިން ގޮތުގައި 'ކަބި ހުށި ކަބި ގަމް' ކުޅުންއިރު އޭނާ އިނީ ބަލިވެ އެވެ. އެކަމަކު އެފަހަރު ދަރި ބައިގެން ދިޔައީ އެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބުމުން އުފާވި ނަމަވެސް އޭނާ އުޅެން ޖެހުނީ ހޮސްޕިޓަލުގައި ކަމަށާއި އެއީ އުފާވެރި ވަގުތެއް ނޫން ކަމަށް ވެސް ބުންޏެވެ.

ކާޖަލް ވަނީ އޭގެ ފަހުން ވެސް އޭނާ، ބައިގެން ދިޔަކަން އިންޓަވިއުގައި ފާހަގަކޮށްފަ އެވެ. އެ ހިތާމައިގައި އުޅެނިކޮށް ދަރިއަކު ލިބުމުން ވަރަށް އުފާވިކަން ފާހަގަކޮށް ކާޖަލް ވަނީ މިހާރު އޭނާގެ އާއިލާ ފުރިހަމަވެފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ކައިވެނީގެ ކުރީކޮޅު ކުރިމަތިވި އެފަދަ ވާހަކަތަކަށް އެހާ ބޮޑަށް އަލިއަޅުވާލާ ކާޖަލް ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ.

ކާޖަލް އާއި އަޖޭ ވަނީ، އިޝްގު އަދި ޕިޔާރު ތޯ ހޯނާ ހީތާ ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް