ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ކުރަން ޖެހުނު ކޮންމެ ކަމެއްކުރާނެ ކަމަށް ވިދާޅުވެ ސަނީފް ޓްވީޓެއް ކުރައްވާފައި މިވަނީ ހުވަދޫ އެއާޕޯޓާއެކު ދެކުނުގެ ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވާތީ އެވެ.
މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު މިހާރަށް ވުރެ ދެކުނުގެ ޓޫރިޒަމް މަގްބޫލުވެގެންދާނެ ކަަމަށެވެ.
ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ނިންމާފައިވީނަމަވެސް އެއާޕޯޓް އަޅާނީ ކޮން ރަށެއްގައިކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
ހުވަދޫއާ އެންމެ ކައިރިން މިވަގުތު އިންޓަނޭޝަނަލް އެއާޕޯޓެއް އޮތީ އައްޑޫ ގަމުގަ އެވެ.