ads
ރައީސް މުހައްމަދު ނަޝީދު--
މި ފަސް އަހަރު، މާލޭ ބޯހިޔާވަހިކަމުގެ މައްސަލައަށް ރަނގަޅު ނަތީޖާއެއްް ނެރެދޭނަން: ނަޝީދު
މި ފަސް އަހަރު ނިމުމުގެ ކުރިން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ރަނގަޅު ނަތީޖާއެއް ނެރެދޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ "ކޮލަމްބޯ ގުލްޒާރު" ގެ ނަމުގައި ރައީސް ނަޝީދާއި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، އަނަސް އަބްދުއްސައްތާރު ލަންކާގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. 

ރައީސް ނަޝީދު ވިދާޅުވީ، މި ވެރިކަމުގެ ފަސް އަހަރުގެ މުއްދަތު ނިމުމުގެ ކުރިން މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ ކަންކަމަށް ރަނގަޅު ނަތީޖާއެއް ނެރެދެވޭވަރުގެ ކަންކަން ކުރައްވާނެ ކަމަށެވެ. 

"އަޅުގަނޑު މިކަމުގައި އުޅޭކަމުގައިވާނަމަ އެ މަަސައްކަތް ތިބޭފުޅުންނަށް ދެއްކުމަކީ އަޅުގަނޑުގެ ވެސް މަސްއޫލިއްޔަތެއް ކަމަށް އަޅުގަނޑު ދެކެން،"

އޭގެ އިތުރުން، ރައީސް ނަޝީދު ވަނީ ހިޔާ މަޝްރޫއުގެ ހަތް ހާސް ފްލެޓް ދިން ގޮތާއި މެދުވެސް ނުރުހުން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ 7000 ފްލެޓްގެ ދަށުން މީހުން ދިރިއުޅެމުން އަންނަ ހާލަތު ނުބަލާއި ފްލެޓް ދިނުމާއި 1942 މީހުން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްލިއަކަށް މާލޭގެ ގޭތަކުގައި ޖައްސާފައިވާ ކަމަށެވެ. 

އަދި ވަރަށް އަވަހަށް 7000 ފްލެޓް ހައްގު މީހުންނަށް ފްލެޓް ލިބޭނެ ކަމަށާއި އެއްވެސް މީހަކަށް ދެރަގޮތެއްވާން ނޭދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 4000 ފްލެޓްދޭނެ އުސޫލު ކަނޑައަޅާއި، އަދި އެ ލިބޭ މީހުން ކަނޑައެޅޭނެ ހިސާބަށް މަަސައްކަތް ގޮސްފައިވާ ކަމަށާއި އުއްމީދަކީ ވީއެންމެ އަވަހަކަށް އެ މަސައްކަތް ވެސް ކުރެވުން ކަމަށެވެ. އަދި އިތުރު 10000 ފްލެޓް އަޅަން ޓެންޑަރަށް ހުޅުވާލަން ވަރަށް ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތްކުރުމަށް މިވަގުތު ހުޅުމާލޭގައި ހުއްޓިފައިވާ މަސައްކަތްތަކުގެ އެއްބަސްވުންތައް ބާތިލްކޮށް، މަސައްކަތް ހިންގޭނެ ފަރާތްތަކަށް މަޝްރޫއު ހިންގަން ހަވާލުކުރަންޖެހޭ ކަމަށެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް