ads
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން--
މުޒާހަރާ އިން ހައްޔަރު ކުރި 23 މީހުން ދޫކޮށްލައިފި
އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަން އިން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި 25 މީހުންގެ ތެރެއިން 23 މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ 23 މީހުން ދޫކޮށްލީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑާ ހިލާފުވުމުން ޖޫރިމަނާ ކުރުމަށް ފަހު ކަމަށެވެ. 

މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ދެ މީހަކު އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަަމަށާއި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ފުލުހުންނަށް ހަމަލަދިން ކަމުގެ ތުހުމަތުގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން މިފަހުން ކޮންމެ ހުކުރު ދުވަހެއްގައި މާލޭގައި މުޒާހަރާކުރަމުންދެ އެވެ. ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ދުވަސްވަރަކަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި އެއްވުންތަކާއި ޕާޓީތައް ބޭއްވުމަށް އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނަ އިން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ. އެޗްޕީއޭގެ މި އުސޫލުގެ ދަށުން މާލޭގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ކުރިން އޮތީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެމީހުންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް