ސީއެންއެމްއަށް މައުލޫމާތުދެމުން ކަނޑޫދޫ ކައުންސިލްގެ ނައުބު ރައީސް އަހައްމަދު ނަވާޒު ވިދާޅުވީ އެރަށުން ނެގުނު ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފައި ކަމަށާއި ނަމަވެސް 9 މީހަކު އަދިވެސް ހުރީ ކަރަންޓީނުގައި ކަމަށެވެ.
އެއީ ކުޑަހުވަދޫއަށް ދަތުރުކުރި ފެރީގެ ހަތަރު ފަޅުވެރިން ހިމެނޭ ގޮތަށް އެރަށް ދަތުރުކުރި މީހުންކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި އެމީހުންގެ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަނުވާތީ އެމީހުން ތިބީ 4 ގެއާއި ފެރީގައި ކަރަންޓީނު ކުރެވިފައި ކަމަށ ވެސް ނަވާޒު ވިދާޅުވި އެވެ.
ދ. ކުޑަހުވަދޫގައި އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުން އަންނަކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިވަނީ އިއްޔެ އެވެ. އަދި އެރަށުން މިހާތަނަށް ވަނީ 13 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ.