އެރަށުގެ އާ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅާފައި ވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެރަށު ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.
ފެނަކައިން ބުނީ ނޫމަރާގައި އާ އިންޖީނުގެ އެޅުމުގެ މަސައްކަތްކުރާނީ ސްކައިވަން ލޮޖިސްޓިކްގެ ފަރާތުން ކަމަށެވެ. އަދި އެ މަސައްކަތަކީ 270 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
އަތޮޅު ތެރެއަށް ފެނާއި ނަރުދަމާގެ ކަރަންޓުގެ ހިދުމަތް ވެސް ފޯރުކޮށްދެމުން އަންނަ، ފެނަކައިން އަންނަނީ އެކި ރަށްރަށުގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.