ads
އުނގޫފާރު--
އުނގޫފާރުން ޕޮޒިޓިވްވި އަދަދު ފަހަކަށް
ރ. އުނގޫފާރުން ފަސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހްމަދު ފަޒީލް ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައި ވަނީ އިއްޔެ ނެގި ސާމްޕަލްތަކުގެ ތެރެއިން ފަސް މީހެއް ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ހައިރިސްކު ކެޓަގަރީގެ މީހަކު ނުހިމެނޭކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

މީގެ އިތުރުން ފަޒީލް ވިދާޅުވީ އެރަށުގައި 300 ގެ ހުންނަ އިރު އޭގެތެރެއިން 19 ގެ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށެވެ.

އެ ރަށުގައި ގެތަކުން މީހުން ނިކުތުން މަނާކޮށްފައިވާ ކަމަށާއި ނަމަވެސް ކެފޭ ރެސްޓޯރެންޓުތައް ބަންދު ނުކުރާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އެއީ އެރަށުގައި ރަށުން ބޭރު ގިނަ ބަޔަކު މިވަގުތުގައި ދިރިއުޅެމުން ދާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ކޭސްއެއް ފެނި ރ. އުނގޫފާރު ވެސް މޮނިޓަރިންއަށް ލާފައިވާއިރު އެރަށުން ޕޮޒިޓިވްވެފައިވަނީ އިއްޔެ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަން ދިޔަ 52 އަހަރުގެ އަންހެނެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް