ads
ބިންހެލުން އައި ސަރަހައްދު ----
ޖަޕާނަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ނެރެފި
ޖަޕާނަށް 7.0 މެގްނިޓުޑްގެ ބިންހެލުމެއް އައުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފި އެވެ.

ނެޝަނަލް ސުނާމީ ވާނިންގް ސެންޓަރާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖަޕާނުގެ އީސްޓް ކޯސްޓަށް އައި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައި ވަނީ ޖަޕާން ގެ ހަޗިނޮހެ އަދި ނީގަތަ، މި ދެ ސަރަހައްދަށެވެ.

ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަޕާންގެ ޓޯކިއޯގައި ތިބި ސީއެންއެން ޓީމަށްވެސް މިބިންހެލުމުގެ އަސަރު ކޮށްފައިވެއެވެ. 

ޖަޕާނަށް މި ބިންހެން އައުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާއިރު، މީގެ 10 އަހަރު ކުރިން، މާޗް މަހުގެ 11 ގައި ޖަޕާނަށް އައި ބިންހެލުމަކަށް ފަހު އެ ގައުމަށް ވަނީ ސުނާމީ އެއް އަރާފައެވެ.

9.0 މެގްނިޓިއުޑްގެ މި ބިންހެލުމާއި ގުޅިގެން ޖަޕާނަށް 2011 ގައި އެރި މި ސުނާމީގައި މަރުވި ނުވަތަ ގެއްލުނު މީހުންގެ އަދަދު ވަނީ 20،000 އަށް އަރާފައެވެ. އަދި 500،000 އާއި ގާތް ކުރާ އަދަދެއްގެ މީހުންނަށް ވަނީ އެމީހުން ދިރިއުޅުނު ސަރަހައްދު ދޫކޮށް ދާން ޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް