ads
އެކްސިޑެންޓުވި ޑިންގީ-- ފޮޓޯ: އެމްއެންޑީއެފް
"ލޯންޗު ޖެހުނީ ނަސްރުﷲ ދަތުރުކުރި ޑިންގީގެ ފަހަތްކޮޅުގައި"
ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ލޯންޗުން ޖެހިފައި ވަނީ ނަސްރުﷲ އަބްދުﷲ އިން ޑިންގީގެ ފަހަތުން ކަނާއަތު ފަރާތު އަރިމަތީގައި ކަމަށް ބެލެވޭކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ލޯންޗުން ޖެހިފައި ވަނީ ނަސްރުﷲ އަބްދުﷲ އިން ޑިންގީގެ ފަހަތުން ކަނާއަތު ފަރާތު އަރިމަތީގައި ކަމަށް ބެލެވޭކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ނަސްރުﷲ ދަތުރުކުރި ޑިންގީ ބ. ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރުން 46 މީޓަރު އަޑިން ނެގުމަށް ފަހު މިއަދު ވަނީ އެއަތޮޅު ދަރަވަންދޫއަށް ގެންގޮސްފަ އެވެ.

ޑިންގީގެ ފަހަތުން ބިންދައިގެންގޮސްފައިވާ ފޮޓޯތައް ހިއްސާކޮށް އެމްއެންޑީއެފުން ބުނި ގޮތުގައި ބޮޑަށް ބެލެވެނީ ލޯންޗު ޖެހުނީ ޑިންގީގެ ކަނާއަތު ފަރާތު އަރިމަތީގައި ކަމަށެވެ.

ގެއްލުނު ޑިންގީގައި ހަރުކޮށްފައިވާ އިންޖީނުގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ވެސް އިއްޔެ ވަނީ ފެނިފަ އެވެ. ނަމަވެސް މިހާތަނަށް ނަސްރު ފެނިފައެއް ނުވެ އެވެ.

ނަސްރު ހޯދުމަށްޓަކައި ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުންވެސް އޭނާ ފެނޭތޯ މަސައްކަތް ވަނީ ކޮށްފަ އެވެ. މީގެއިތުރުން ސިފައިންގެ ލޯންޗުން ވަނީ ކަނޑުގެ ސާފޭސް އޭރިއާވެސް ބަލާފަ އެވެ.

މިހާދިސާގައި ހިނގިތާ މިއަދަށް ހަ ދުވަސް ވެފައިވާއިރު އަދިވެސް ހުއްޓުމެއް ނެތި އޭނާގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށާއި އަދި އެ އޮޕަރޭޝަން ހުއްޓާލާނެ ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފަ އެވެ.

މި ހާދިސާއަށްފަހު ސިފައިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފިޓިނެންޓް ކާނަލް އަހްމަދު މުޖުތަބާ ވިދާޅުވީ އެ އެކްސިޑެންޓުގައި ގެއްލުނު ނަސްރު އަދި އަޑިއަށް ދިޔަ ޑިންގީ ހޯދުމުގެ އެ އޮޕަރޭޝަނުގައި 120 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް