ތެލުގީ އިންޓަސްޓްރީގެ މަޝްހޫރު އެކްޓްރެސް ގިތާންޖަލީ ރާމަކްރިޝްނާ މަރުވެއްޖެ އެވެ.

Advertisement
އިންޑިއާގެ ތެލުގޫ ފިލްމު އިންޓަސްޓްރީގެ މަޝްހޫރު އެކްޓްރެސް ގިތާންޖަލީ ރާމަކްރިޝްނާ މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އޭނާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެންނެވެ.
އޭނާ މަރުވެފައިވަނީ ހައިދްރަބާދުގެ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ނޫސްތަކުގައިވެ އެވެ.
ގީތާންޖަލީގެ ޖަނާޒާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު ތެލުގޫ އިންޑަސްޓްރީގެ ގިނަ ފަރާތްތަކުން އަދި އޭނާގެ ސަޕޯޓަރުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.
އުމުރުން 72 އަހަރުގެ ގިތާންޖަލީގެ ފިރިމީހާ އަދި އެކްޓަރު ރަމާކްރިޝްނާ ވަނީ 2001 ވަނަ އަހަރު މަރުވެފަ އެވެ.
މިދެމީހުންގެ ދަރިއެއް ހުރެ އެވެ. އެއީ އަދިތު ސްރިނިވާސް އެވެ. އޭނާ އަކީ ވެސް އެކްޓަރެކެވެ.
ގިތާންޖަލީ ވަނީ ތެލުގޫ އިންޑަސްޓްރީގެ އިތުރުން ތަމިލް އާއި މަލަޔާލަމް އަދި ހިންދީ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.
އޭނާ ފެނިގެންދިޔަ ފިލްމުތަކުގެ ތެރޭގައި "ދޯ ކަލިއާން" އާއި "ވެންނަދި އޮކަޓެ ޒިންދަގީ" އަދި "ޕަރަސްމަނީ" ހިމެނެ އެވެ.