ads
މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ލޮކްޑައުން އުވާލަންވީ: ރައީސް ނަޝީދު
ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުން އުވާލަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، "ބަރުލަމާނީ" ނަމަކަށް ކިޔާ، އެމްޑީޕީގެ އިސް މެންބަރުންނާއި ބައެއް އާންމު މެމްބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕެއްގައެވެ. މިކަން މިހާރު ވަނީ ސީއެންއެމްއަށް ކަށަވަރު ކުރެވިފައެވެ. 

ރައީސް ނަޝީދު ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ މާލޭ ސަރަހައްދުގައި ހިންގާ ކެފޭތަކުގެ ވެރިން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށެވެ. އެގޮތުން އެޗްޕީއޭއިިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ، ރެސްޓޯރެންޓް ތަކަށް ދުވަހަކު ނުވާ މިންވަރަށް ހާލަތު ދަށަށް ގޮސްފައިވާ ކަމަށާއި، އެކަމަށް ހައްލެން ހޯދައިދޭން އެތަންތަނުގެ ވެރިން އާދޭސް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މިކަން ފާހަގަކުރައްވައި އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ލޮކްޑައުން އުވާލަންވީ ކަމަށެވެ. 

ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، މާލެ ސަރަޙައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލަން ޖެހެއެވެ. 

އަދި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލަން ޖެހެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް