ads
މަރިޔަމް--
''މަރިޔަމް'' ފިލްމު އަންނަ މަހު 8 ގައި މީޑިއާނެޓް މަލްޓި-ސްކްރީން އެޕްއަށް!
އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު، ފިލްމު "މަރިޔަމް" މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕުން ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.
Advertisement

މިއީ މީޑިއާނެޓުގެ ފުރަތަމަ އޮރިޖިނަލް ފިލްމުކަމަށްވާއިރު މި ފިލްމަކީ "އެއްކާފު" ގެ އުފެއްދުމެކެވެ. "މަރިޔަމް" ގެ އޮފިޝަލް ޓްރެއިލާ މިހާރު ޔޫޓިއުބް އިން ބެލެން ހުންނާނެއެވެ.

މި ފިލްމަކީ ސިޔާސީ ދާއިރާއަށް ނިކުންނަ އަންހެނަކަށް ދިމާވާ ހުރަސްތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ސިޔާސީ ދާއިރާއަށް ނިކުތުމާއެކު ދިމާވާ، ގިރާކުރަން ދަތި ހުރަސްތަކެއް މި ފިލްމުގައި ދައްކުވައި ދޭނެއެވެ. 

އެގޮތުން މި ފިލްމުގެ ލީޑް އެކްޓްރެސްއެއްގެ ގޮތުގައި "އެންމެފަހު ވިންދާ ޖެހެންދެން" އިން ވިދާލި ތަރި މަރިޔަމް މަޖްދާ ފެނިގެންދާއިރު، އަހްމަދު ސައީދު ފަދަ ތަޖުރިބާކާރު އެކްޓަރުންވެސް މި ފިލްމުގައި ފެނިގެންދާނެއެވެ. 

އިބްރާހިމް ވިސާމް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ އަހްމަދު ޒަރީރެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް