ads
ފިއްލަދޫ އިން ފެނުނު މަސްތުވާތަކެތި-
ފިއްލަދޫން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި
ހއ. ފިއްލަދޫން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހް ވިދާޅުވީ، މަސްތުވާތަކެތި ފެނުނީ ރަށުގެ ފާލަން ކައިރިން ކަމަށާއި، އެތަކެތި ފެނުނީ މަހަށް ގޮސްފައި އައި ދޯންޏަކަށް ކަމަށެވެ. 

ފަލާހް ވިދާޅުވީ، އެތަކެތި ހުރީ ވަރަށް ރަނގަޅަށް ބަނދުކޮށްފައި ކަމަށާއި، އަދި ބަދުކޮށްފައި ހުރީ ރާއްޖޭގައި ބޭނުން ނުކުރާ ބާވަތެއްގެ "ކޮފީ" ޕެކެޓުތަކެއްގެ ތެރެއަށް ލާފައި، ގޯންޏެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ބޮޑަށް ލަފާކުރެވެނީ އެއީ ބޭރުން އޮޔާ އައިސްފައިވާ އެއްޗަކަށް ކަމަށާއި، އެގޮތުން އެތަކެތި ފެނުނު އިރު ހުރީ ފާލަމުގައި އައްސާފައިވެސް ނޫންކަމަށް ފަލާފް ވިދާޅުވިއެވެ. އަދި މީގެއިތުރުން، ފެންނަ ފެނުމަށް އެ ގޯނި ވަރަށް ގިނަ ދުވަސް ވާންދެން މޫދުގައި އޮތް އެއްޗެއް ކަމަށް ލަފާކުރެވޭކަމަށްވެސް ފަލާހް ވިދާޅުވިއެވެ. 

މިމައްސަލާގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް